Ads by Farudhun

ޚަބަރު

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ޖުލައި 2026، 10:33

14 ޖުލައި 2026، 10:33

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ހޫތީން ދެމުންދާ ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އަރަބިއްޔާގެ ސިޔާދަތަށާއި އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް ދެވޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ގޮންޖެހުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރެއެވެ.

ދިވެހި ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުންނާއި އުހުތުންނާއިއެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި މަޝްވަރާގެ އުސޫލު އިސްކުރުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލަތަކަށް ހައްލު ހޯދުމުގައި ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުގެ ބޭނުން ހިފައި، ހަމަނުޖެހުންތައް އިތުރުވިޔަ ނުދީ ހުއްޓުވުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ސައުދީ އަރަބިއްޔާ ފަދަ ގާތް ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450