Ads by Farudhun

ޚަބަރު

9 ކެފޭއެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސިއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

9 ކެފޭއެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސިއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ހިންގި ރެއިޑުގެ ތެރެއިން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 11:04

15 ޖުލައި 2026، 11:04

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން، ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ހިންގި ރެއިޑެއްގައި 9 ކެފޭއެއް ބަލައިފާސްކޮށް، 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓާސްކް ފޯސްއިން ވަނީ އިއްޔެ ހެނދުނު މި ރެއިޑް އޮފަރޭޝަން ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަދުގެ ސަރުކާރުން ގެންދަވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. 



އެގޮތުން މި މަހުގެ ބާރަވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. މި ރެއިޑުގައި ވަނީ 800 އަށް ވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 32 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. 

މީގެ އިތުރުން،  "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި،  ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ ފޮޓޯ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެ މީހާގެ ވަނަވަރު ދެނެގަނެވޭނޭ ގޮތް ހެދުމަށް ހިންގި ހަރަކާތް ވެސް ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގެ ދަށުން 2 ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތެރެއިން %47 އަކީ ބިދޭސީންނެވެ. އަދި މާލޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން 1 އަކީ ބިދޭސީއެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450