Ads by Farudhun

ޚަބަރު

ހޯރަފުށި ހާފްވޭ ހައުސްގައި ތިބި ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ހޯރަފުށި ހާފްވޭ ހައުސްގައި ތިބި ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ހޯރަފުށި. ފޮޓޯ: ފޭސްބުކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2026، 11:12

15 ޖުލައި 2026، 11:12

ހއ. ހޯރަފުށީގައި ޤާއިމުކޮށްފައިވާ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ނުވަތަ ހާފްވޭ ހައުސްގައި ތިބި ކުދިންތަކެއް އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން އެފަދަ މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، އެ މަރުކަޒުގައި ތިބި ކުދިންތަކެއް ވަނީ މަރުކަޒުން ބޭރަށް ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީފައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި މެސެޖުތަކުން އެނގޭ ގޮތުގައި، އެ ކުދިން ހަމަލާ ދީފައިވަނީ ބަނދަރުގައި މަސް ބާނަން ހުރި މީހަކަށެވެ. އެ މީހާ ރަހީނުކުރުމަށްފަހު އަނިޔާކޮށް، ފަޅުގެއެއްގެ ތެރެއަށް އެއްލާފައި އޮތް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހޯރަފުށީގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހާއްސަކޮށްގެން ހަދާފައިވާ މަރުކަޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450