Ads by Farudhun

ޚަބަރު

ނައިވާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ 50 އިންސައްތަ ނިމިއްޖެ

ނައިވާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ 50 އިންސައްތަ ނިމިއްޖެ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 11:42

15 ޖުލައި 2026، 11:42

ހދ. ނާވައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 50 އިންސައްތަ މިހާރު ވަނީ ނިމިފައިކަމަށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ ވިދާޅުވީ، ހދ. ނައިވާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ޖެޓީގެ ތަނބުތައް ކޮންކްރީޓް ކުރުމުގެ މަސައްކަތްކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، އެއްގަމުތޮށިލުމާއި، އައު ބަނދަރު ފުންކުރުމާއި، ރޭންޕާއި، ބަލިމީހުން އަރާފޭބުމަށް ހާއްސަ ޕްލެޓްފޯމުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށް ވެސް ވުޒާރާއިން ބުނެއެވެ.



މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. 

މަޝްރޫއުގެ ދަށުން، އައު ބަނދަރަށް 41،618 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، މިހާރުގެ ނެރުން 15،329 ކިއުބިކް މީޓަރުގެ ސަރަޙައްދެއް އަލުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 300 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށާއި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 2087 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުންމަށް ވެސް ކޮންޓްރެކްޓްގެ ދަށުން ހަވާލުކުރެވިފައިވެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރެވުނީ 47.5 މިލިއަށް ރުފިޔާއަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450