Ads by Farudhun

ޚަބަރު

ބީއެމްއެލްއާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު އެންމެނަށް ކުރާނެކަމެއް: ޝަރީފް

ބީއެމްއެލްއާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު އެންމެނަށް ކުރާނެކަމެއް: ޝަރީފް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޖުލައި 2026، 12:12

15 ޖުލައި 2026، 12:12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިވެހި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ބަޔަކަށް ރަނގަޅު ބަދަލުތަކެއް ގެންނަމުންދާއިރު، އެ ކަންކަމަށް ހިޔަނި އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، މަދު ބަޔަކު އިސްވެ ތިބެ ބައެއް މުއައްސަސާތަކުގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ދޮގު ޚަބަރު ފަތުރަމުންދާ ކަމަށެވެ. މިއީ ސިޔާސީ މަންފާ ހޯދުމަށް ކުރާ ކަންކަން ކަމަށާއި، މީގެ ނަތީޖާއަކަށް ވަނީ ކަންކަމާ މެދު އާންމުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފެދި، މާލީ ބޮޑެތި ގެއްލުންތަކެއް ލިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބީއެމްއެލްއާ މެދު ދެކެވޭ މިފަދަ ވާހަކަތަކުން އޭގެ ގެއްލުން މުޅި ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށާއި، އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މި ބޭންކުން ނިންމާ ކޮންމެ ނިންމުމަކީ ވެސް، އަދި ހާމަކުރާ ކޮންމެ މަޢުލޫމާތަކީ ވެސް، ބޭންކިން ފަންނުވެރިންގެ ތަޢުލީމާ ތަޖުރިބާގެ އަލީގައި، ކޯޕަރޭޓް ގަވަނޭންސްގެ ހަރުދަނާ އުސޫލުތަކާއި، ދުނިޔޭގެ ބޭންކިން ރިސްކް މެނޭޖުމެންޓު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެމްއެމްއޭ އާއި އެހެނިހެން ރެގިއުލޭޓަރީ އޮތޯރިޓީތަކުންނާއި، އަދި އެކްސްޓާރނަލް އޮޑިޓަރުން ވެސް ކަށަވަރުކުރާ ކަންކަމާއި، މަޢުލޫމާތުތަކެއް.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅުގައި، ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ބީއެމްއެލްއާ ގުޅިގެން ދެކެވޭ ބައެއް ދޮގު ވާހަކަތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި، ދިވެހިންނަށް އެހީވުމުގެ ޤާބިލްކަން ބޭންކުގައި ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވިއެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވެގެން ނުވާނެ ކަމަށާއި، ރަށްރަށުގައި ޤާއިމްކުރަމުންދާ ބްރާންޗުތަކާއި އޭޓީއެމްތަކަކީ ބޭކާރު ޚަރަދެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ 6 މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކި މުއްދަތު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރު އެވްރެޖްކޮށް މަހަކު 21 މިލިއަން ޑޮލަރު، އަދި 2023 ގައި 37 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އަހަރުގެ މިހާތަނަށް ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"ކަސްޓަމަރުންނަށް މިހާ ގިނަ އަދަދަކަށް ޑޮލަރު ވިއްކަމުންދަނީ ބޭންކުގައި ޑޮލަރު ނެތީމާތޯ؟" ޝަރީފް ސުވާލު އުފެއްދެވިއެވެ.

ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި، ބީއެމްއެލްއާ ބެހޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ދައްކަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ބޭނުމުގައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ޑޮލަރު ވިއްކަމުން އަންނަނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރަށް ވުރެ އިތުރަށް ކަމަށާއި، މިއީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވި ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450