Ads by Farudhun

ޚަބަރު

ބީއެމްއެލްއިން ސްވައިޕް މެދުވެރިކޮށް ބައިނަލްއަޤަވާމީ އެކައުންޓް ހުޅުވޭނެގޮތް އިފްތިތާހުކޮށްފި

ބީއެމްއެލްއިން ސްވައިޕް މެދުވެރިކޮށް ބައިނަލްއަޤަވާމީ އެކައުންޓް ހުޅުވޭނެގޮތް އިފްތިތާހުކޮށްފި

ބިއެމްއެލްގެ ޗެއަރ ޕާސަން އަޙްމަދު އަލީ ހަބީބް ސްވައިޕް ތައާރަފުކޮށްދެއްވަނީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 12:47

15 ޖުލައި 2026، 12:47

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަޤަވާމީ އެކައުންޓް ހުޅުވޭނެގޮތް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޚިދުމަތް އިފްތިތާހުކުރީ ޔޫތު އޮންޓްރަޕްރަނަރސް އެކްސްޕޯ ރަސްމީކޮށް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ދުނިޔެ ވަރަށް ބޮޑަށް ޑިޖިޓަލްވަމުން އަންނަ ޒަމާނެއްގައި ރާއްޖޭގެ ހުނަރުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެއިން ބޭރުން ފައިސާވެއްދޭނެ އެއްވެސް މަގެއް ފަހިވެފައިނެތުންކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. އަދި ސްވައިޕް ވޮލެޓަށް އިންޓަނޭޝަނަލް އެކައުންޓްތައް ތައާރަފުކުރެވިގެން ދިއުމަކީ ކުރިއަށް އޮތްތަނުގައި ދިވެހީންގެ މަސައްކަތުން ފައިސާ ހޯދުމަށް ފަހިވެގެންދިޔަ ވަރަށް ފަސޭހަ މަގެއްކަން ވެސް އެކުންފުނިން ފާހަގަކުރެއެވެ.

މީގެ ސަބަބަން، ބިއެމްއެލްގެ ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރ، ޕައުންޑް އަދި ޔޫރޯއިން އެކައުންޓް ހުޅުވޭނެއެވެ. އަދި ކޮންމެ އެކައުންޓަކަށް އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރެއް ލިބިގެންދާނެއެވެ. 

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މި ކަމުގެ ސަބަބުން، ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނާ، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، އަދި ވިޔަފާރިކުރާ ޒުވާނުންނަށް  ފައިދާއެއް ކުރާނެކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކަމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ކްލަޔަންޓުންނާއެކު މަސައްކަތްކުރާ އަޅުގަނޑުމެންގެ ޒުވާން ކްރިއޭޓަރުންނާ ފްރީލާންސަރުން އަދި ވިޔަފާރިވެރިންނަށް މިއީ އިންގިލާބީ ބަދަލެއް.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ތައާރަފްކުރެވުނު ސްވައިޕަކީ %100 ދިވެހި އުފެއްދުމެކެވެ. މިހާރު ސްވައިޕް ބޭނުންކުރާ މީހުންގެ އަދަދު 20،000 އަށްވުރެ އިތުރުވެފައިވާއިރު، 3،300 އަށްވުރެ ގިނަ ވިޔަފާރިން އަންނަނީ ސްވައިޕުން ފައިސާ ބަލައިގަތުމުގެ ޚިދުމަތްދެމުންކަން ބީއެމްއެލްއިން ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450