Ads by Farudhun

ޚަބަރު

2020ވަނަ އަހަރުން ފެށިގެން ޑޮލަރު ވިއްކަމުން އައީ ލިބޭ މިންވަރަށް ވުރެ އިތުރަށް: ޝަރީފް

2020ވަނަ އަހަރުން ފެށިގެން ޑޮލަރު ވިއްކަމުން އައީ ލިބޭ މިންވަރަށް ވުރެ އިތުރަށް: ޝަރީފް

ބީއެމްއެލްގެ އޭޓީއެމްއަކުން ޑޮލަރުގެ މުޢާމަލާތެއް ކުރަނީ / ފޮޓޯ: ބީއެމްއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޖުލައި 2026، 01:19

15 ޖުލައި 2026، 01:19

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ މާ ބޮޑަށް އިތުރަށް 2020ވަނަ އަހަރުން ފެށިގެން އެ ބޭންކުން ޑޮލަރު ވިއްކަމުން ގޮސްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2023ވަނަ އަހަރުގެ ބޭންކުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އޭރުގެ ސީއީއޯ ވެސް ވަނީ ބޭންކުން އެ ހިނދާ ހަމައަށް އިތުރަށް 333 ބިލިއަން ޑޮލަރު ވިއްކާފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ ބޭންކަށް ފޫނުބެދޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ނަމަވެސް، މި މައްސަލަ ހައްލުކުރެވުނީ ކުރިން ބޭންކުން އިތުރަށް ވިއްކި ޑޮލަރު ޓީ-ބޮންޑުގެ ގޮތުގައި ސަރުކާރަށް ނަގައި، އެ އަދަދަށް ބޭންކަށް ޑޮލަރު ލިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް ޑޮލަރު ދޫކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން އެއްވެސް ކަމެއްގައި ސަރުކާރަށް ޑޮލަރު ދީފައި ނުވާނެ ކަމަށެވެ. އަދި ބޭންކުން ސަރުކާރުގެ ޓީ-ބިލްގައި އިންވެސްޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ބޭންކުތަކުން ވެސް އެ ބޭންކެއްގެ އިތުރުވާ ފައިސާ (އެކްސެސް ފަންޑު) ރިސްކު ކުޑަ މާލީ ހަރަކާތްތަކުގައި އިންވެސްޓް ކުރާ ކަމަށެވެ. އެގޮތުން ބީއެމްއެލްއިން ވެސް ސަރުކާރުގެ ޓްރެޝަރީ ބިލްތަކުގައި އިންވެސްޓް ކުރަނީ ބޭންކުން ކަނޑައަޅާފައިވާ ހަރުދަނާ މިންގަނޑުތަކުގެ ތެރެއިން، ސަރުކާރުން ބޭންކުގައި ބަހައްޓާފައިވާ ފިކްސްޑް ޑިޕޮސިޓާ އަޅުވައި ރައްކާތެރިކަމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީކޮމާސްއަށް ޑޮލަރު ވިއްކަންޖެހޭ މިންވަރު މި އަންނަނީ އިތުރުވަމުން. އެހެންކަމުން ބޭންކުން ވިއްކާ ޑޮލަރާއި، ގަންނަ ޑޮލަރު ބެލެންސްކުރުމާއެކު، ޑޮލަރު ވިއްކުމުގައި ޒަރޫރީ ކަންކަމަށް އިސްކަންދީ ރާއްޖެއިން ބޭރުވާ ޑޮލަރު ވިއްކުން ޒިންމާދާރުކަމާއެކު ބެލެހެއްޓުމަކީ ބޭންކުގެ ވެސް ޒިންމާއެއް.

ޝަރީފް ވިދާޅުވިއެވެ.

ބޭންކުގެ މާލީ ކުރިއެރުމަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ، ޓީ-ބިލްގެ ވާހަކަ ދައްކާއިރު ބޭންކުގެ ކެޕިޓަލް 17 ބިލިއަން ރުފިޔާއަށް އެރި ވާހަކަ އާއި، ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ވާހަކަ ވެސް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު ރެކޯޑު މިންވަރަކަށް (30 ބިލިއަން ރުފިޔާއަށް) އިތުރުވެ، ކަސްޓަމަރުން ބަހައްޓާފައިވާ ޑިޕޮސިޓް 41 ބިލިއަނަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭންކުގެ ރައުސުލްމާލުގެ ފުދުންތެރިކަން ތިން ގުނަ އިތުރުވެފައިވާކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450