Ads by Farudhun

ޚަބަރު

މަސްތުވާތަކެތީ ހިދުމަތްދިނުމާ ގުޅިގެން ބަންދުކުރި ގެއަކަށް ގަވާއިފާ ޚިލާފަށް ވަތް 2 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީ ހިދުމަތްދިނުމާ ގުޅިގެން ބަންދުކުރި ގެއަކަށް ގަވާއިފާ ޚިލާފަށް ވަތް 2 މީހުން ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ދެ މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 02:54

15 ޖުލައި 2026، 02:54

މަސްތުވާތަކެތީ ހިދުމަތްދިނުމާ ގުޅިގެން އައްޑޫ ސިޓީގައި ބަންދުކޮށްފައިހުރި ގެއަކަށް ގަވާއިފާ ޚިލާފަށް ވަތް 2 މީހުން ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ. 

އެ މީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން 90 ދުވަހަށް ބަންދުކޮށްފައިހުރި ސ. މަރަދޫފޭދޫ / އުއްމީދު ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކުއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ:

  • ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) 
  • ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ)

މި މަހުގެ 13 ވަނަ ދުވަހު އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އުއްމީދު ގެ ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަދި  މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއްކަމަށް ވާއިރު، މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުންވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އަދި އެ  ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ވެސް ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން ފުލުހުންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450