Ads by Farudhun

ޚަބަރު

އިންސާނީ ވަސީލަތް ތަރައްޤީކުރަން ޖަޕާނުން 1 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް

އިންސާނީ ވަސީލަތް ތަރައްޤީކުރަން ޖަޕާނުން 1 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް

ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 04:24

15 ޖުލައި 2026، 04:24

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަރޝިޕް ފުރުސަތުތަކަށް ހިލޭ އެހީގެ ގޮތުގައި 152 މިލިޔަން ޖަޕަނީސް ޔެން ނުވަތަ 1،020،134 މިލިއަށް އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

މިއީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް  (ޖޭޑީއެސް) ގެ ދަށުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ ހިލޭ އެހީއެކެވެ. 

މިއަދު ހެނދުނު  ޚާރިޖީ ވުޒާރާގައި މި ކަމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.



އޭގެ އިތުރުން މި ރަސްމިއްޔާތުގައި، ޚާރިޖީ ވުޒާރާއާއި، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައި ވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި މިއީ ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ އެހީއެއް ކަމަށްވާއިރު، މީގެ ދަށުން، ދިވެހި ދަރިވަރުންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދެއެވެ. 

މި ޕްރޮގްރާމްގެ ދަށުން  17 ދަރިވަރަކު ދަސްވެނިވެފައިވާއިރު، މިހާރު ޖަޕާނުގައި  9 ދަރިވަރުން ގެންދަނީ ތައުލީމު ހާސިލްކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450