Ads by Exprox

ޚަބަރު

ޤައުމިއްޔަތު ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ރައީސް އިފްތިތާޙު ކޮށްދެއްވައިފި

ޤައުމިއްޔަތު ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ރައީސް އިފްތިތާޙު ކޮށްދެއްވައިފި

"ދިވެހި ޤައުމިއްޔަތުގެ އިސްވަރު" އިފްތިތާޙް ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2024، 12:50

04 ސެޕްޓެމްބަރު 2024، 12:50

ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖު "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާ ވަނީ އިފްތިތާޙްކޮށްފައެވެ. އެއީ ދިވެހިބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް ޑީންއެއް ވަނީ އައްޔަންކުރައްވާފައެވެ. ދިވެހި ޤައުމިއްޔަތާގުޅޭ ޢިލްމުތައް ކިޔަވައިދޭ ކޮލެޖެއް ޤާއިމްކުރައްވާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިއަހަރުގެ ކުރީކޮޅު ވަނީ އިޢުލާނު ކުރައްވާފައެވެ. 

މިއަދު އިފްތިތާޙު ކުރެއްވި ޤައުމިއްޔަތު ކޮލެޖުގެ އިސްވާރުންނަކީ:

  • ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީޤާ
  • ދިވެހި ތާރީޚުގެ އިސްވާރު - (ކަށިމާ) އަޙްމަދު ޝާކިރު
  • ދިވެހި ތަރިކައިގެ އިސްވާރު - ޙަސަން ޒަރީރު
  • ދިވެހި ސުމޭކުގެ އިސްވާރު - މުޙައްމަދު ޢަބްދުލްޤާދިރު
  • ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް ޢިޝާ ޢަޒީޒް

މި ރަސްމިއްޔާތުގައި` ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ

 މިއަދު ދިވެހި ގައުމިއްޔަތުގެ އިސްވަރު މި ވަނީ އުފެދިފައި. މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ގާނޫނުން ބާރުލިބިދޭ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެފައިވަނީ ޤައުމިއްޔަތުގެ ކޮލެޖުގައި އެންމެ ފުރަތަމަ މާއްދާއަކަށް ކިޔަވައިދޭނީ ދިވެހި ތާރީޚު ކަމަށެވެ. މިކޮލެޖަކީ ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޤުޞަދުގައްޔާއި ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ޤައުމީ ފެންވަރެއްގައި ފެށުމުގެ މަޤުޞަދުގައި އުފެއްދުނު ކޮލެޖެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco