Ads by Farudhun

ޚަބަރު

އުކުޅަހު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

އުކުޅަހު ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

15 ޖުލައި 2026، 04:36

15 ޖުލައި 2026، 04:36

އއ. އުކުޅަހު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން،  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، މިހާރު އެ ތަނުގެ ފުރާޅު ހެދުމަށް ބޭނުންވާ ސްޓްރަކްޗަރަލް ފްރޭމްވޯކްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެތެރޭގެ ފާރުތަކުގައި ސިމެންތިޖެހުމުގެ މަސައްކަތްކަމަށެވެ.

މި މަސައްކަތުގެ %75 މިހާރުވަނީ ނިމިފައިކަމަށް އެމްޓީސީސީން މެއި މަހު ހާމަކޮށްފައެވެ.



އުކުޅަހު ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 7.11 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމާގޮތަށެވެ. އަދި މަޝްރޫޢުގެ ދަށުން 5،200 އަކަފޫޓުގެ ސަރަޙައްދެއްގައި ޕޮލިސް އިމާރާތަކާއެކު ކުށްވެރިން ބައިތިއްބާ ގޮޅިބަރިއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިންގަނޑާއި ކޮންކްރީޓް އަދި މެޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450