ޚަބަރު
މުރަކަ އާލާކުރުމާއި ފަރުތައް މޮނިޓަރ ކުރުމަށް އެޗްޑީސީ އާއި އެމްއެމްއާރުއައި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މުރަކަ އާލާކުރުމާއި ފަރުތައް މޮނިޓަރ ކުރުމަށް އެޗްޑީސީ އާއި އެމްއެމްއާރުއައި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: އެޗްޑީސީ
ދިވެހިރާއްޖޭގެ ފަރުތައް އާލާކުރުމާއި، ފަރުތަކުގެ ދިރުންތައް ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދު އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގެ ދަށުން، އެޗްޑީސީން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު އެމްއެމްއާރުއައި އިން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ފަރުތައް މޮނިޓަރ ކުރުމާއި ސައިންޓިފިކް ދިރާސާތައް ކުރުމުގައި އެޗްޑީސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
The Maldives Marine Research Institute (MMRI) and Housing Development Corporation (HDC) signed a Memorandum of Understanding (MoU) to strengthen collaboration in the areas of coral reef restoration and monitoring.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) July 14, 2026
The MoU was formalized at a signing ceremony with the… pic.twitter.com/iQ1k9qAFWi
މި ގުޅުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަރުތަކުގެ ނިޒާމު ރައްކާތެރިކޮށް، މުރަކަ އާލާކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ. އަދި މި ދާއިރާއިން ކުރެވޭ ސައިންޓިފިކް މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުވެރިކަން ދިނުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބައެކެވެ.