Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމަށް މަޝްވަރާކޮށްފި

މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމަށް މަޝްވަރާކޮށްފި

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މޫސުމާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖުލައި 2026، 09:26

16 ޖުލައި 2026، 09:26

މޫސުމީ ބަދަލުތަކަށް ކުރާ ހޭދަ ދިރާސާކުރުމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރައްވައިފިއެވެ.

އިއްޔަ ބޭއްވުނު މި ބައްދަލުވުމަކީ "މޯލްޑިވްސް ކްލައިމެޓް ޕަބްލިކް އެކްސްޕެންޑިޗަރ އެންޑް އިންސްޓިޓިއުޝަނަލް ރިވިއު" (ސީ.ޕީ.އީ.އައި.އާރު) ގެ ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ޚާއްޞަ ވެލިޑޭޝަން ބައްދަލުވުމެއް ކަމަށް މޫސުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން ދައުލަތުން ކުރާ ހޭދަތަކާއި، އެކަމާ ގުޅޭ ސިޔާސަތުތަކާއި އިދާރީ އިންތިޒާމުތައް ވަޒަންކުރުމަށް ކުރިއަށްގެންދާ ދިރާސާގެ ހޯދުންތައް ކަށަވަރުކުރުން ކަމަށް ވުޒާރައިން ވިދާޅުވެއެވެ. އަދި މި ރިވިއުގެ ދަށުން ވަނީ 2022 ވަނަ އަހަރުން 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން މޫސުމީ ކަންކަމަށް ކަނޑައެޅުއްވި ފައިސާގެ މިންވަރާއި، އެ ފައިސާ ބޭނުންކުރެވުނު ގޮތްތައް ދިރާސާކޮށްފައެވެ.



މޫސުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ސީ.ޕީ.އީ.އައި.އާރު އެކުލަވައިލުމަކީ، "މޯލްޑިވްސް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" (އެން.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަމުންދާ މުހިންމު މަސައްކަތެއްކަމަށެވެ. އަދި ޔޫ.އެން އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ ފަންނީ އެހީތެރިކަމާއި، ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާއި ވެސް އެކުގައިކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

މިފަދަ ދިރާސާއެއް ހެދުމުގެ މައިގަނޑު ބޭނުމަކީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގައާއި، ބަޖެޓު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ދިރާސާގެ ސަބަބުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އެހީ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450