Ads by Farudhun

ޚަބަރު

އައު ޖަނަރޭޓަރަކާއެކު ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

އައު ޖަނަރޭޓަރަކާއެކު ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ލ. ހިތަދޫއަށް ގެންދިޔަ އައު ޖަނަރޭޓަރު / ފޮޓޯ: ފެނަކަ

farudhun logo

ފަރުދުން

16 ޖުލައި 2026، 09:52

16 ޖުލައި 2026، 09:52

ލ. ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލަ މުޅިން އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށްގެން ހައްލުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

ހިތަދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވާން ދިމާވީ މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު ބޮޑުވެގެންނެވެ. ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި، މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ބާކީ ހުރި އިންޖީނު ހިންގައިގެން ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ފެނަކައިން މެދުނުކެނޑި ކުރި މަސައްކަތުން، މިހާރު ވަނީ 600 ކިލޯވޯޓުގެ މުޅިން އައު ޖެންސެޓެއް އެ ރަށުގައި އިންސްޓޯލްކޮށް، މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

މި އައު ޖެންސެޓަކީ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުންދާ ޚާއްޞަ މަސައްކަތުގެ ދަށުން، ފެނަކައިން އަލަށް ރާއްޖެ ގެނައި ޖެންސެޓްތަކުގެ ތެރެއިން އެ ރަށަށް ޚާއްޞަކޮށްގެން ފޮނުވި ޖެންސެޓެކެވެ.

ފެނަކައިން ބުނި ގޮތުގައި، މި އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ލ. ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަޤީންކަން އެ ކުންފުނިން އަރުވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450