Ads by Farudhun

ޚަބަރު

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް ފޮޓޯ: އިސްކަންދަރު ސްކޫލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 10:21

16 ޖުލައި 2026، 10:21

މިއަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތް ޙަވާލުކޮށްފިއެވެ. މިއާއެކު ދަރިވަރުންގެ ފުރަތަމަ ޓާމުގެ ބަންދު ނުވަތަ މިދަނީ ޗުއްޓީ މިވަނީ ރަސްމީކޮށް ފެށިފައެވެ.

ފުރަތަމަ ޓާމުގެ ކިޔެވުމަށްފަހު ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. ތަޢުލީމީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެންބަރު 17 ގައެވެ. އަދި ދަރިވަރުންނަށް ލިބޭ "ބޮޑު ޗުއްޓީ" ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 12 އާ ހަމައަށް ދެމިގެންދާނެއެވެ. މި ބޮޑު ޗުއްޓީގައި ދަރިވަރުންނަށް ޖުމްލަ 25 ދުވަސް ލިބޭނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 218 ސްކޫލެއްގައި 77,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި މިއަހަރު އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން 1,748 ދަރިވަރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާއިރު، އަތޮޅުތެރޭގެ ސްކޫލްތަކުން 3,042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.

މިއަހަރުގެ ކިޔެވުން ފެށުނުއިރު ތަޢުލީމީ ދާއިރާއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވި ދާއިމީ ސްކޫލެވެ. ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ މި ސްކޫލުގައި 1,900 އަށްވުރެ ގިނަ ދަރިވަރުންނަށް ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450