Ads by Farudhun

ޚަބަރު

އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ އައު ޖެންސެޓް ގެންގޮސްފި

އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ އައު ޖެންސެޓް ގެންގޮސްފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ފެނަކަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖުލައި 2026، 10:55

16 ޖުލައި 2026، 10:55

ހއ. އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. 

މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، އެ ރަށަށް ބާލާފައިވާ މި ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް މިހާރު ކުރެވެމުންދާކަމަށެވެ.

މީގެ އިތުރުން ފެނަކައިން ވަނީ މިއީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ވީހާވެސް ރަނގަޅުކުރުމަށް ޓަކައި ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، އެ ކުންފުނިން މެދުނުކެނޑި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ބުނެފައެވެ.



ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 21 ރަށަކަށް މުޅިން އައު ޖެންސެޓްތައް ފޮނުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި ޖެންސެޓްތަކުގެ ސަބަބުން ރަށްރަށަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެ، ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފެނަކައިގެ އަމާޒަކީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ޔަގީންކޮށްދިނުންކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދ އިހަވަންދޫއަށް މި ޖެންސެޓް ގެންދިޔުމުގެ ސަބަބުން އެ ރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން ފެނަކައިން ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450