ވިޔަފާރި / ޚަބަރު

ބާޒާރުގެ އަގުތައް ވަގުތުން ބަލާލެވޭ "އަގުމަގު" އެޕް އަތޮޅުތަކަށް ފުޅާކޮށް ތަޢާރަފްކޮށްފި

ބާޒާރުގެ އަގުތައް ވަގުތުން ބަލާލެވޭ "އަގުމަގު" އެޕް އަތޮޅުތަކަށް ފުޅާކޮށް ތަޢާރަފްކޮށްފި

އަގުމަގު އެޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 11:27

16 ޖުލައި 2026، 11:27

ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތް ފަސޭހަކަމާއެކު އާންމުންނަށް ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު "އަގުމަގު" ޕޯޓަލް ފުރަތަމަ އިފްތިތާޙް ކުރިއިރު، އޭރު އަގުތައް ފެންނަން ހުރީ ހަމައެކަނި މާލޭގެ ފިހާރަތަކުންނެވެ. ނަމަވެސް، އަލަށް ތަޢާރަފްކުރި މި އެޕްލިކޭޝަނާއެކު، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުރި އަގުތައް މިހާރު އާންމުންނަށް ފެންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް އެއް ތަނަކުން ބަލާލެވޭނެއެވެ. އެގޮތުން ވަކިވަކި ތަކެތި އެކި ފިހާރަތަކުގައި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ފަސޭހައިން އެނގިގެންދާނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތައްވެސް މި އެޕުން ބަލާލެވޭނެއެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި އެޕްގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ކުރިން ނުވަތަ ތަނަކަށް ދިއުމުގެ ކުރިން، ތަކެތި އެންމެ އަގުހެޔޮކޮށް ލިބެން ހުރީ ކޮން ރަށެއްގައި ނުވަތަ ކޮން ސަރަޙައްދެއްގައިކަން ދެނެގަނެވޭނެއެވެ. އަދި އަގުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެޕް މެދުވެރިކޮށް ވަގުތުން ނޮޓިފިކޭޝަން ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.



މި އެޕްލިކޭޝަންގައި ހިމެނޭ އިތުރު ފަސޭހަތަކުގެ ތެރޭގައި، އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓެއް ސޭވްކޮށްފައި ބެހެއްޓުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީގެ ސަބަބުން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި، ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދޭނެއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450