Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖުލައި 2026، 11:41

16 ޖުލައި 2026، 11:41

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ރ. ދުވާފަރުން ދެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން ހިންގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކަމަށް ފުލުހުން ވިދާޅުވެއެވެ.

މައްސަލައިގައި ހައްޔަރުކުރެވުނީ:

  • ވިދުވަރު / ރ.އިންނަމާދޫ ، މުޙައްމަދު ސަމޫހް (25އ) 
  • ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ)

މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ދެ މީހުން ހުއްޓުވައި ފުލުހުން ވަނީ އެ މީހުން ބަލައި ފާސްކޮށްފައެވެ. ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާ ގުޅިގެން އެމީހުންގެ  ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ މުޙައްމަދު ސަމޫހް 10 ދުވަހަށް، އަދި އިބްރާހީމް ޞަލާޙު 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މަސްތުވާތކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެހާމެ ހައްސާސް މައްސަލައެއް ކަމުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާ އެހެން އެއްވެސް ސަރުކާރަކުން އަތުލައި ނުގަންނަހާ ގިނަ މަސްތުވާ ތަކެތި އަތުލައިގަނެ އެތަކެތި ވަނީ ނައްތާލާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450