Ads by Farudhun

ޚަބަރު

ހުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތް: ތަނބުތައް އެޅުމުގެ މަސައްކަތް ކުރިއަށް

ހުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތް: ތަނބުތައް އެޅުމުގެ މަސައްކަތް ކުރިއަށް

ހުރާ ސިއްޙީ މަރުކަޒުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

16 ޖުލައި 2026، 12:03

16 ޖުލައި 2026، 12:03

ކ. ހުރާގައި ސަރުކާރުން ތަރައްޤީކުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތައް އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން ތަނބުތަކުގެ ދަގަނޑުތަކުގައި ރިންގު އެޅުވުމުގެ މަސައްކަތް މިހާރު ދަނީ ބާރުދުވެލީގައި ކުރަމުންނެވެ. އަދި މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ހުރާގައި ބިނާކުރާ މި އިމާރާތަކީ 15,650 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ތަރައްޤީކުރާ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7,825 އަކަފޫޓު ހުންނާނެއެވެ. 16 އެނދުގެ ޖާގައާއެކު ތަރައްޤީކުރާ މި މަރުކަޒަކީ އެ ރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ހުރާ ސިއްޙީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެންބަރު މަހު / ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، މޭސަނަރީ މަސައްކަތުގެ އިތުރުން ޓައިލްސް ޖެހުމާއި އިމާރާތް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނީ އެމްޓީސީސީންނެވެ.

މި މަޝްރޫޢަކީ ޖުމްލަ 27.23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450