ދުނިޔެ

ހޯދި ކާމިޔާބީއަކީ އިއްތިފާގަކުން ލިބުނު އެއްޗެއް ނޫން, ބަޔަކު ހިލޭ ދިން އެއްޗެއްވެސް ނޫން: މެސީ

ހޯދި ކާމިޔާބީއަކީ އިއްތިފާގަކުން ލިބުނު އެއްޗެއް ނޫން, ބަޔަކު ހިލޭ ދިން އެއްޗެއްވެސް ނޫން: މެސީ

ލިއޮނަލް މެސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 12:10

16 ޖުލައި 2026، 12:10

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާ ދަތުރުކުރުމާއެކު، އެ ޓީމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރުގަދަ ރައްދެއް ދީފިއެވެ.

މި ފަހަރުގެ މުބާރާތް ފެށުނީއްސުރެ "ފީފާއިން އާޖެންޓީނާއަށް އެހީތެރިވަނީ" ކަމަށާއި، "މިއީ މެސީއަށް ކާމިޔާބު ހޯދައިދޭން ރާވައިގެން ކުރިއަށްގެންދާ މުބާރާތެއް" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް އަލްޖީރިއާ މެޗުގައި މެސީ ކުރި ނުރައްކާތެރި ފައުލަކަށް ފިޔަވަޅު ނޭޅުމާއި، މިޞްރާއި ސްވިޒަލޭންޑް މެޗުގައި ވީއޭއާރުން ނިންމި ނިންމުންތަކާ ގުޅިގެން މި ތުހުމަތުތައް ވަނީ އިތުރަށް ގަދަވެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން މެސީ ބުނީ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރުމަކީ އާޖެންޓީނާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމުކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

ކިތަންމެ ހިތްހަމަނުޖެހުނަސް، މީހުން ކޮންމެ އެއްޗެކޭ ކީ ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރު އަހަރެމެންނަކީ އެންމެ މޮޅު ޓީމު. އަހަރެމެން މި ހޯދި ކާމިޔާބީއަކީ އިއްތިފާގަކުން ލިބުނު އެއްޗެއް ނޫން. އަދި އެއްވެސް މީހަކު އަހަރެމެންނަށް ހިލޭ ދިން އެއްޗެއްވެސް ނޫން،

މެސީ 

ބުދަ ދުވަހުގެ ރޭ އެޓްލާންޓާގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި އިންގްލެންޑުން ލީޑު ނަގާފައި ވަނިކޮށް، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. އެންތަނީ ގޯޑަންގެ ލަނޑުން އިންގްލެންޑް ކުރީގައި އޮއްވާ، މެސީ ދިން ދެ އެސިސްޓުން ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒްއެވެ.

މެސީ އިތުރަށް ބުނި ގޮތުގައި އިންގްލެންޑް އަތުން ބަލިވި ނަމަ، ފާޑުކިޔާ މީހުން ބޭކާރު ވާހަކަތައް ދައްކާނެ ކަމަށާއި ނަމަވެސް އެ ފުރުޞަތު އެމީހުންނަށް ނުދިނީ ކަމަށެވެ. އަދި މި މޮޅު އޭނާ ވަނީ މީގެ 40 އަހަރު ކުރިން އިންގްލެންޑާ ދެކޮޅަށް ތާރީޚީ ކުޅުމެއް ދެއްކި ލެޖެންޑް ޑިއޭގޯ މަރަޑޯނާއަށް ހަދިޔާކޮށްފައެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި މިއަދު ޑިއޭގޯ ވަރަށް ބޮޑަށް އުފާކުރާނެ. މިއީ އޭނާއަށް ދެވުނު ހަދިޔާއެއް،" އާޖެންޓީނާގެ ކެޕްޓަން ބުންޏެވެ.

މި ކާމިޔާބީއާއެކު އާޖެންޓީނާ މިހާރު ތައްޔާރުވަމުންދަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ދުނިޔޭގެ ތަށި ދިފާޢުކުރުމުގެ މުހިންމު ފައިނަލަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450