Ads by Farudhun

ޚަބަރު

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުން ހަލުވިކަމާއެކު ކުރިއަށްދަނީ

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުން ހަލުވިކަމާއެކު ކުރިއަށްދަނީ

މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖުލައި 2026، 12:40

16 ޖުލައި 2026، 12:40

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުން ހަލުވިކަމާއެކު ކުރިއަށްދާކަން  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ސައިޓު ސެޓްއަޕް ހެދުމުގެ މަސައްކަތާއި، ޖެޓީގެ ޝަޓަރިންގ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ ރަށްތަކަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ.



އަދި މި މަޝްރޫޢުގެ ދަށުން، 36،363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 415 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 243 މީޓަރު ދިގު 2
މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމާއި، 60 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢަކީ، 53.36 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢަކަށް ވާއިރު، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450