Ads by Farudhun

ޚަބަރު

ރާއްޖޭގެ އަށް ސަރަހައްދެއްގައި އާސަންދައިގެ އައު ކައުންޓަރުތައް ހުޅުވައި، ޚިދުމަތް ފުޅާކޮށްފި

ރާއްޖޭގެ އަށް ސަރަހައްދެއްގައި އާސަންދައިގެ އައު ކައުންޓަރުތައް ހުޅުވައި، ޚިދުމަތް ފުޅާކޮށްފި

އާސަންދަ ޖިދުމަތް ދިނުން - ފޮޓޯ: އާސަންދަ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

16 ޖުލައި 2026، 07:35

16 ޖުލައި 2026، 07:35

ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތްތައް ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، ރާއްޖޭގެ އަށް ސަރަހައްދެއްގައި އާސަންދަ ކުންފުނީގެ އައު ކައުންޓަރުތައް މިއަދު ހުޅުވައިފިއެވެ.

މި އައު ކައުންޓަރުތައް ހުޅުވުމާއެކު، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ މީހަކު ހުރި ރަށަކުން ނުވަތަ ކައިރި ސަރަހައްދަކުން އާސަންދަ ކުންފުނީގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް، އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. މިއަދު އަލަށް އާސަންދައިގެ ޚިދުމަތްތައް ދޭން ފެށި ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކު ސިޓީއެވެ.

މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ގާއިމުކޮށްފައި ހުރީ ހަމައެކަނި މާލޭގެ އިތުރުން ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށި ސިޓީގައެވެ. ނަމަވެސް، މިއަދު ހުޅުވުނު އައު ކައުންޓަރުތަކާއެކު، ބޭސްފަރުވާގެ އެހީއަށް އެދުމާއި، އެހެނިހެން ލިޔެކިޔުންތަކުގެ މަސައްކަތްތަކަށް މާލެއަށް ނުވަތަ ދުރު ރަށްތަކަށް ދަތުރުކުރަންޖެހޭ ޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.

އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިދާ އިސްނެންގެވުމުގެ މަތިން، ސިއްހީ ޚިދުމަތްތަކަކީ ރައްޔިތުންނާ ވީހާވެސް ގާތުން ދެވޭ ޚިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އިދާރީ ކަންކަމުގައި ދިމާވާ ތަކުލީފުތައް ކުޑަކުރުމެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަނޑައެޅިފައިވާ އާބަން ސެންޓަރުތަކުގައި އާސަންދައިގެ ކައުންޓަރުތައް ގާއިމުކޮށް، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމެވެ. މީގެ ސަބަބުން، ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ހުރި އަތޮޅަކުން އާސަންދައާ ގުޅޭ ހުރިހާ މައުލޫމާތަކާއި އެހީތެރިކަމެއް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ޒ

ޒާހިރު

16/07/2026 21:07

ކަުންޓަރުގިނަކޮށް ގިނަބޭސް ލިބެގޮއް ހަތްދަވާތި