Ads by Farudhun

ޚަބަރު

މަސްވެރިކަމާއި ބެހޭ ވުޒާރާގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

މަސްވެރިކަމާއި ބެހޭ ވުޒާރާގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރާއްޖޭގެ ކަނޑު އަޑިގެ މަންޒަރެއް. ފޮޓޯ: ބީބީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖުލައި 2026، 10:57

17 ޖުލައި 2026، 10:57

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވާރލްޑް ބޭންކް ގުޅިގެން ހިންގާ، "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން ބޭނުންވާ ފަރާތްތަކުން އެ ފުރުސަތަށް އެދުމަށް ހުޅުވާލައިފިއެވެ.

އެ ވުޒާރައިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި މި ކަން ހާމަކޮށް ވިދާޅުވީ، ބޭރުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، ފިޝަރީޒް ދާއިރާ އާއި މެރިން ރިސަރޗް އާއި މެރިކަލްޗަރ ދާއިރާއިން ކަމަށެވެ.

ފިޝަރީޒް ދާއިރާއިން، އެކުއާކަލްޗަރ ނުވަތަ ފިޝަރީޒް ސައިންސް ކޯސް ހަދައި ބެޗްލަރސް ޑިގްރީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ކޯހަށް ހޮވޭ ފަރާތްތަކަށް ދެވޭނީ، އޭޝިއާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކަށެވެ.

އަދި ހަމައެހެންމެ ފިޝަރީޒް ދާއިރާއިން ވަނީ، ފިޝަރީޒް މެނޭޖްމަންޓް ކޯހާއި، މެރިޓައިމް އެފެއާޒް ކޯހުގައި ބައިވެރިވެ މާސްޓަރސް ޑިގްރީ ހޯދުމަށް ފުރުސަތު ހުޅުވާލާފައެވެ. މި ކޯހަށް ހޮވޭ ފަރާތްތައް ތައުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނި، 
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކާއި، އޯއީސީޑީ ގައުމުތަކުންނެވެ.

މެރިން ރިސަރޗް އާއި މެރިކަލްޗަރ ދާއިރާއިން ވަނީ، މެރިން ސައިންސް ނުވަތަ އެކުއާކަލްޗަރ އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި ސަސްޓެއިނަބަލް އެކުއާކަލްޗަރ ނުވަތަ އެކުއާކަލްޗަރ ނިއުޓްރީޝަން ނުވަތަ އެކުއާކަލްޗަރ އިންޖިނިއަރިންގ ގެ ކޯސްތައް ހަދައި މާސްޓަރސް ޑިގްރީ ހޯދުމަށާއި، އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީ، އާއި މެރިން ސައިންސްއިން ވެސް މާސްޓަރސް ޑިގްރީއެއް ހޯދުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. 

މި ކޯސްތަކުގެ ބައިވެރިން ވެސް ކިޔެވުމަށް ހަމަޖެހިފައިވަނީ އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތަކުންނެވެ.

މީގެ އިތުރުން، އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުން، މެރިން ސައިންސް ކިޔަވައި ބެޗްލަރސް ޑިގްރީއެއް ހޯދުމަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ. މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރިމޯޓް ސެންސިންގ، ޖީއައިއެސް އަދި އޯޝަނޯޖްރަފީ ކިޔަވާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމްތަކަށް އިސްކަން ދެވޭނެ ކަމަށް ވުޒާރާއިން ހާމަކުރެއެވެ.



މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 30 ޖުލައި 2026 ގެ 12:00 އެވެ. މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރުގެ ގެޒެޓުގައި ހާމަކޮށްފައިވާއިރު، އިތުރު މައުލޫމާތެއް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 08:00 އާއި 14:00 އާއި ދެމެދު 3033484 ނަންބަރަށް ގުޅުއްވުމަށް ވުޒާރާއިން އެދެއެވެ. ނުވަތަ [email protected] އަށް ސުވާލު މެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450