Ads by Farudhun

ޚަބަރު

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖުލައި 2026، 01:47

17 ޖުލައި 2026، 01:47

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި، އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. 

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްބިއުލާންސް އަދި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ، މި މަސައްކަތަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. 

މި ބީލަން ކުރިއަށްގެންދާނީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތަށް ކަމަށް ވެސް ވުޒާރާއިން ބުނެއެވެ. 

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ވެސް ވުޒާރާގެ އިއުލާނުގައިވެއެވެ.

އަދި މި ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 30 ޖުލައި 2026 ގެ 10:00 ގެ ކުރިން ކަމަށް ވުޒާރާއިން ބުނެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450