Ads by Farudhun

ޚަބަރު

ނ. ވެލިދޫ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ނ. ވެލިދޫ ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހާދިސާގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ޖުލައި 2026، 04:13

17 ޖުލައި 2026، 04:13

ނ. ވެލިދޫ ކުނިކޮށީގައި އިއްޔަ ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއި ގުޅިގެން، އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވެފައިވަނީ،  އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުންކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެ އިދާރާގެ ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔަ ހަވީރު، 17:50 ހާއިރުއެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ނ. ވެލިދޫއަށް ގޮސް އަލިފާން ނިއްވާލުމަށް މަސައްކަތްކޮށްފައިއެވެ.

އެ މަސައްކަތުގެ ތެރެއިން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ފަތިހު 06:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 



މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފްއިން ހާމަކޮށްފައެއްނުވުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450