ޚަބަރު
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހުޅުމާލެ. ފޮޓޯ: އިންޓަނެޓް
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދުގެ މެންދުރުގެ ވަގުތެއްގައި، ހުޅުމާލެ ފޭސް 1 ގައި ހުންނަ ބީޗް ގްރޭންޑް ހޮޓެލްގެ 3 ވަނަ ފަންގިފިލާގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު ލިބުމާއިގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތި ނިޔާވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައި ވަނީ، މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.