ޚަބަރު
ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން އޭޑީބީއާ މަޝްވަރާކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީއާ) މުހިންމު މަޝްވަރާތަކެއްކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުންތަކުގައި، ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ، އޭޑީބީގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އެމް.އެސް ސޯނާ ޝްރެސްތާ އާއި، އ ބޭންކުގެ ވަފުދާ ބައްދަލުކުރައްވާފައެވެ.
ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި އޭޑީބީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއެކު، މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
Minister Ali Shareef and senior management met with Ms. Sona Shrestha, Director General of the Asian Development Bank (ADB)’s South Asia Department, and her delegation to discuss our continued collaboration in the waste management and energy sectors. The meeting reaffirmed our… pic.twitter.com/ercNQauKAp
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 17, 2026
އޭގެ އިތުރުން ވަޒީރު ވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، މި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން ވުޒާރާއިން ވަނީ، މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.