Ads by Farudhun

ޚަބަރު

ނޯތު ހާބަރުން ވިޔަފާރި އުސޫލުން މުދާ ދޫކުރުމަށް އިތުރު ޖާގަ ދޫކުރަނީ

ނޯތު ހާބަރުން ވިޔަފާރި އުސޫލުން މުދާ ދޫކުރުމަށް އިތުރު ޖާގަ ދޫކުރަނީ

މާލޭ ނޯތް ހާބާރ ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 11:09

19 ޖުލައި 2026، 11:09

މާލޭ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޖާގަތަކެއް ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ނޯތު ހާބަރުގައި އޮޑިދޯނިފަހަރަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ފަދަ ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢައްޒާމް ވިދާޅުވީ ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައި މިހާރު ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށާއި، އެތަނުން އިތުރު 6 ސްލޮޓެއް ދޫކުރުމަށް މިހާރު އިޢުލާން ކުރަމުންދާ ކަމަށެވެ. މި ސްލޮޓްތައް ދޫކުރާނީ ބިޑް އުސޫލުންނެވެ. މި ތަންތަން ކާމިޔާބުކުރާ ފަރާތްތަކަށް މުދާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން އެތަނުގައި ބަހައްޓައިގެން ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމުގެ ފުރުސަތު ލިބޭނެއެވެ.

ޢައްޒާމް ފާހަގަކުރެއްވި ގޮތުގައި، ބަނދަރާ ތަންކޮޅެއް ދުރުގައި ހުންނަ ފިހާރަތަކުން މުދާ ހޯދުމުގެ ބަދަލުގައި، ބަނދަރު ސަރަހައްދުން މި ޚިދުމަތް ލިބުމަކީ އޮޑިދޯނިފަހަރަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މީގެ ސަބަބުން ޚިދުމަތް ދޭ ފަރާތްތަކަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

ސްލޮޓްތައް ދޫކުރުމުގައި އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމާފައިވަނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެމްޕީއެލްގެ މައިގަނޑު މަގުސަދަކީ ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި ބޯޓުފަހަރަށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން މުދާ ދޫކުރި ނަމަވެސް، މި އާ ނިޒާމުގެ ސަބަބުން ބޯޓުފަހަރަށް މުދާ ޑެލިވަރީ ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450