Ads by Farudhun

ޚަބަރު

ވޭތުވެދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ

ވޭތުވެދިޔަ ހަފުތާގައި އަލިފާނުގެ 12 ހާދިސާ

އެމްއެންޑީއެފްގެ ތަފާސް ހިސާބު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 12:14

19 ޖުލައި 2026، 12:14

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކާ ގުޅޭގޮތުން އެމްއެންޑީއެފުން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުގައެވެ.

އެމްއެންޑީއެފުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމުލަ 12 އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން، ބަލިމީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއޭޝަންގެ 4 ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ "ހެޒްމަތު" ހާދިސާއެއްގެ އިތުރުން ރެސްކިޔު އޮޕަރޭޝަނެއްގައިވެސް އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާވެސް މި މުއްދަތުގައި ވަނީ ހިނގާފައެވެ.

މި ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދަކުން 3 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ އެއް ހާދިސާގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކަލުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ރެޔާއި ދުވާލު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަން އެ މުއައްސަސާއިން ފާހަގަކުރެއެވެ.




Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450