Ads by Farudhun

ޚަބަރު

ވައްކަމާއި ފޭރުމުގައި ގެއްލުނު 8 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ވައްކަމާއި ފޭރުމުގައި ގެއްލުނު 8 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި

ފުލުހުންގެ އިދާރާ. ފޮޓޯ: އިންޓަނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 ޖުލައި 2026، 12:14

19 ޖުލައި 2026، 12:14

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުލައި މަހުގެ 5 ވަނަ ދުވަހުން 11 ވަނަ ދުވަހަށް ގެއްލުނު ފައިސާގެ ތެރެއިން 826،730 ރުފިޔާ އަނބުރާ ހޯދައިދީފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ، އަނބުރާ ހޯދިފައިވާ ފައިސާއަކީ އެ މުއްދަތުގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ފައިސާގެ 98 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކަމަށެވެ. އަދި މިއީ މި ފަދަ މައްސަލަތަކުގައި ވަރުބަލިވުމެއް ނެތި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ކަމަށްވާއިރު، ތިން ވަނައަށް އެންމެ ގިނައިން ރޮޕޯޓުކޮށްފައިވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށެވެ. އެންމެ މަދުން ރިޕޯޓުކޮށްފައިވަނީ އެއާޕޯޓް ޕޮލިހުންނަށެވެ. ހުރިހާ ސްޓޭޝަނަކަށް ރިޕޯޓުކޮށްފައިވަނީ ޖުމްލަ 838،434 ދިވެހި ރުފިޔާގެ ގެއްލުމެވެ.

ފުލުހުން ހޯދާފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ: 

  •  މާފަންނު ފުލުހުން ހޯދި 396،888 ރުފިޔާ
  • ގަލޮޅު ފުލުހުން ހޯދި 225،215 ރުފިޔާ
  • ހެންވޭރު ފުލުހުން ހޯދި 175،250 ރުފިޔާ
  • އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހުން ހޯދި 26،335 ރުފިޔާ
  • ވިލިމާލެ ފުލުހުން ހޯދި 3،042 ރުފިޔާ



ފުލުހުންވަނީ ގެޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް މިފަދަ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވިއެވެ. އަދި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450