Ads by Exprox

ޚަބަރު

އެންމެންގެ މަދުދުވެރިކަމާ އެކު ދިވެހިންގެ އަޚްލާޤީ ދަންމަރު ރާއްޖޭގައި ހުޅުދާން ކުރާނަން - ރައީސް

އެންމެންގެ މަދުދުވެރިކަމާ އެކު ދިވެހިންގެ އަޚްލާޤީ ދަންމަރު ރާއްޖޭގައި ހުޅުދާން ކުރާނަން - ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2024، 02:43

04 ސެޕްޓެމްބަރު 2024، 02:43

އިރާދަކުރެއްވިއްޔާ އެންމެންގެ މަދުދުވެރިކަމާ އެކު ދިވެހިންގެ އަޚްލާޤީ ދަންމަރު ރާއްޖޭގައި ހުޅުދާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޔާދަކުރައްވަން ބޭނުންފުޅުވަނީ  ދިވެހިންގެ މާތް ސިފަތަކާއި ދިވެހިންގެ އަޚްލާޤު ކަމަށެވެ. މިވަގުތު އެއީ އަޅުގަނޑުމެންގެ ޤައުމީ އަދި ދީނީ ވާޖިބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އިސްލާމީ އަޚްލާޤާ އެކު އިސްލާމީ އާދަތައް ވެސް ރާއްޖޭގައި ދިރުވާ އާލާކުރަން ޖެހޭ ކަމަށާއި ބޭނުން ވަނީ އިހުގެ ދިވެހިން ފަދައިން ފަތިހު ހޭލާ، ފަރުޟު ނަމާދުގެ ޖަމާޢަތްތައް  ފުރާލާ މުޖުތަމަޢެއް ކަމަށެވެ. ޤައުމަށް ބޭނުންވަނީ ފަތިހު ހޭލާ ދިވެހިން ކަމަށާއި ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާ އެކު އުޅޭ ދިވެހި ޤައުމެއް ދެކެން ބޭނުންފުޅުވާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. 

ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަޠަލުން ކަން ފާހަގަ ކުރައްވާ، ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބަޔަކު އުޅޭ ޤައުމެއް ކަމަށެވެ. އެއާއެކު  ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެ ނެތުމުގެ ސަބަބަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭނުން ވަނީ ދިވެހިންގެ ކާބަފައިންގެ ކެރުމާއި ހިތްވަރު އަދި ގައުމީ ހިދުމަތާއި ރޫހު ކަމަށާއި، ފިކުރުތަކާއި ނުރައްކާތަކުގެ ދުނިޔޭގައި މިއަދު ޤައުމު ބޭނުން ވަނީ އެކަންކަމުން ފިލާވަޅު ލިބިގަނެ، ޤައުމުގެ ޙައްޤުގައި ހޭލާ ތިބޭނެ ދަރިން ކަމަށެވެ. އަދި ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކޮށް، އެކަތިގަނޑެއް ގޮތުގައި ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައަޅަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ގައުމުގައި ދެމި ތިބުމަށްޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދޭންވީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާންކަމަށް ރައީސްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ޤައުމީ ދުވަހާ ގުޅިގެން ރައީސް ދެއްވި ޚިތާބުގައި އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމާއި ޤައުމިއްޔަތަށް އޮތް ލޯބި ހާމަވެގެން ދިޔައެވެ. 




މި ލިޔުން ކިޔާލުމުން

Ads by Stelco