Ads by Farudhun

ޚަބަރު

ޒުވާނުންނާ ބެހޭ ވުޒާރާއިން ކޯލް ސެންޓަރެއްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިފި

ޒުވާނުންނާ ބެހޭ ވުޒާރާއިން ކޯލް ސެންޓަރެއްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިފި

ޚިދުމަތް ފަށްޓަވައިދެއްވަނީ. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 ޖުލައި 2026، 01:38

19 ޖުލައި 2026، 01:38

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އެ ވުޒާރާގެ ކޯލް ސެންޓަރެއްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. 

ކޯލް ސެންޓަރުގެ ނަންބަރު، 3347300 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާއި ހަމައަށް ގުޅާ ޚިދުމަތް ހޯދޭނެކަމަށް ވުޒާރާއިން ބުނެއެވެ. 

ކޯލް ސެންޓަރުގެ ޚިދުމަތް ޤާއިމުވެގެންދިއުމާއި ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ  ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެގޮތުން، ގުޅުއްވާ ފަރާތަކުން ސީދާ ބޭނުންވެލައްވާ ޑިޕާޓްމަންޓަކަށް ގުޅުމަށާއި ، ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މި ކޯލް ސެންޓަރުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

އޭގެ އިތުރުން ވުޒާރާއިން ބުނެފައިވަނީ، މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށާއި، އެ ސިސްޓަމުގެ ކޮންމެ ކޯލެއް ވެސް ލޮގްކުރެވިގެން ދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450