Ads by Farudhun

ޚަބަރު

ސްކޭމްތަކާ ދެކޮޅަށް ބާއްވާ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ސީޕީ ތައިލެންޑަށް ވަޑައިގެންފި

ސްކޭމްތަކާ ދެކޮޅަށް ބާއްވާ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ސީޕީ ތައިލެންޑަށް ވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ޖުލައި 2026، 02:40

19 ޖުލައި 2026، 02:40

ބޯޑަރު ހުރަސްކޮށް ހިންގާ ބޮޑެތި ކުށްތަކާއި، ފުޅާ ދާއިރާއެއްގައި ހިންގާ ސްކޭމްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މުހިންމު ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ތައިލެންޑަށް ވަޑައިގެންފިއެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އާއި ރޯޔަލް ތައި ޕޮލިސް ތައިލެންޑުގައި ބާއްވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓާ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ. މިއަންނަ ހޯމަ އަދި އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި، ސަރަހައްދީ ފެންވަރުގައި ހިންގާ ސްކޭމް ސެންޓަރުތަކާ ދެކޮޅަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ސީޕީގެ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. ޚާއްޞަކޮށް، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމްތައް ހުއްޓުވުމުގައި ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމަށް މި ސަމިޓުގައި މަޝްވަރާ ކުރެވޭނެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޭމްގެ މައްސަލަތަކަކީ މިހާރު ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާ ކަމެކެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 2،700 އަށްވުރެ ގިނަ ސްކޭމް މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައެވެ. ހަމައެކަނި ނިމިދިޔަ ޖޫން މަހުވެސް 122 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފޭސްބުކް މާކެޓްޕްލޭސް ފަދަ މަންސަތައް ބޭނުންކޮށްގެން ހިންގާފައިވާ އޮންލައިން ވިޔަފާރީގެ މަކަރާއި ހީލަތުގެ މައްސަލަތަކެވެ.

ފުލުހުންގެ އިންސްޕެކްޓާ އާދަމް ނަވީދު ދާދި ފަހުން ވިދާޅުވެފައިވަނީ، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރެއިން ހިންގާ ކަންކަން ކަމަށެވެ. ނަމަވެސް، ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ހިންގާ ކުށްތައް ވެސް ރާއްޖޭގައި އުޅޭތީ، ބައިނަލްއަގުވާމީ އިދާރާތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450