ޚަބަރު
ހުޅުމާލޭގެ އިމާރާތްތައް ސާފުކުރުމަށް އެޗްޑީސީގެ މުވައްޒަފުން އަންނަނީ ހީވާގިކަމާއެކު މަސައްކަތް ކުރަމުން
ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ފަރުދުން
ހުޅުމާލެ ސާފުކޮށް ބޭއްވުމަށް ޓަކައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގެންދަނީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގެ އިމާރާތްތައް ސާފުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ހުޅުމާލޭގެ ފްލެޓް 1 އިން ފެށިގެން ފްލެޓް 175 ސާފުކުރުމުގެ މަސައްކަތާއި އެ ކުންފުންޏާއި ވަނީ ހަވާލުކުރެވިފައެވެ. އެ ސަރަހައްދުގައި 300 އަށްވުރެ ގިނަ އެޕާޓްމެންޓް ހިމެނޭއިރު، މި މަސައްކަތް ކުރިއަށް ދަނީ އެކި ޒޯން އޭރިޔާތަކަކަށް ބަހާލައިގެން ކަމަށް އެޗްޑީސީއިން ބުނެއެވެ. މަސައްކަތްތައް ބަހާލެވިފައިވާ ޒޯން އޭރިޔާތަކުން އަންނަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެސް ސާފުކުރުމަށް ކަނޑައެޅިފައި އޮންނަ އޭރިޔާތައް ސާފުކުރަމުން ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަސައްކަތުގެ ތެރެއިން، އެ ކުންފުނިން ގެންދަނީ އިމާރާތްތަކުގެ ސިޑިތައް ފޮޅައި ސާފުކުރުމުގެ މަސައްކަތާއި، އިމާރާތުގެ ވަށާއިގެންވާ ސަރަހައްދު ކުނިކެހުމުގެ މަސައްކަތްކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ހުންނަ ކުނިތައް ނެގުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުންދެއެވެ.
އެޗްޑީސީން ބުނިގޮތުގައި، މި މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއްދެނީ އާއްމުންގެ ފަރާތުން އެހީތެރިކަމަކަށް އެދި ހުށަހެޅުމެއް ލިބިއްޖެނަމަ، އެ ކަމެއް އަވަހަށް ފުރިހަމަ ކުރުމަށެވެ. މިއީ އިމާރާތުގެ އެތެރޭގައި ދިމާވި ކަމެއް ނަމަވެސް، ނުވަތަ އިމާރާތުން ބޭރުގައި ދިމާވި ކަމެއް ނަމަވެސް، އަމާޒަކީ ވީހާވެސް އަވަހަކަށް އެކަމެއް ހައްލުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަސައްކަތް ކުރަމުން ގެންދާއިރު، އެކަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، ބެހެއްޓިފައިވާ ކުނީގެ ވެރިފަރާތް ނޭނގުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ކަމަށް އެޗްޑީސީން ބުނެއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެޗްޑީސީއިން ވަނީ މި މަސައްކަތައް އާއްމުންގެ ފަރާތުން މިހާރު ވެސް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އާއްމުންގެ އެއްބާރުލުމާއެކު، ހުޅުމާލެ ވީހާވެސް ސާފުކޮށް ބޭއްވުމަކީ އެ ކުންފުނީގެ އަމާޒެކެވެ.