Ads by Farudhun

ޚަބަރު

ޕްރޮފެޝަނަލް ސެޓިފިކޭޝަން ކޯސްތަކަށް ބީއެމްއެލްއިން ޑޮލަރުން ލޯނު ދޫކުރަން ފަށައިފި

ޕްރޮފެޝަނަލް ސެޓިފިކޭޝަން ކޯސްތަކަށް ބީއެމްއެލްއިން ޑޮލަރުން ލޯނު ދޫކުރަން ފަށައިފި

ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ބީއެމްއެލްއިން ގިނަ މަސައްކަތްތަކެއް ކުރޭ / ފޮޓޯ: ބިއެމްއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ޖުލައި 2026، 09:06

19 ޖުލައި 2026، 09:06

ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސެޓިފިކޭޝަން ފީތައް ދެއްކުމަށް ޚާއްޞަކޮށްގެން، ޑޮލަރުން ފައިނޭންސިން ލިބޭނެ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މިއީ ބީއެމްއެލްއިން އެޑިއުކޭޝަން ފައިނޭންސިންއަށް ގެނައި ހެޔޮ ބަދަލެކެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ލޯނަކީ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. މި ފައިނޭންސްގެ ދަށުން ޑޮލަރު ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.

މި ފެސިލިޓީގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށެވެ. މީގެ ކުރިންވެސް ބީއެމްއެލް އިން ވަނީ ކިޔަވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ލޯނު ދޫކުރުމުގެ އުސޫލުތަކަށް އެކި ބަދަލުތައް ގެނެސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450