Ads by Farudhun

ޚަބަރު

42 ރަށޭއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއް

42 ރަށޭއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއް

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 09:53

20 ޖުލައި 2026، 09:53

ދިވެހިރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ސޮއިކުރައްވައިފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިއްޔެ ޚާރިޖީ ވުޒާރާގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ހާރިޖީ ވަޒީރު، އިރުތިޝާމް އާދަމްއެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވަނީ މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. 

ވަޒީރު ރާފިޢު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުވެގެންދާ ކަމަށާއި، މިއީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށެވެ. އަދ މި ކަމުގެ ސަބަބުން ހާމަވެގެންދަނީ، ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަންކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ދުރުމިނުގެ ސަބަބުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް، މި މަޝްރޫއުގެ ސަބަބުން ހައްލުވެގެންދާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުވަނީ،ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ސަގާފީ ގުޅުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން އިތުރަށް ވަރުގަދަވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ސޮއިކުރެވުނު މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ މުސްތަގުބަލު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. 

މި ގުޅުން އިތުރަށް ކުރިއަރައި، ކުރިއަށް އޮތް ޖީލުތަކަށް ލިބިގެންދާ ނަމޫނާއަކަށް މިކަން ވެގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.



އަދުގެ ސަރުކާރުން ގެންދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ ގޮތުގެ އިންތިޒާމްތައް ހަމަޖައްސަވަމުންނެވެ. އެގޮތުން، އެތައް ރަށެއްގައި މިހާރު ވެސް ގެންދަވަނީ ކުޅިވަރު ކުޅެވޭނެ މަރުކަރުތައް ގާއިމުކުރައްވަމުންނެވެ. އިންޑިއާ އާއި އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ކުރައްވާ މި މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450