Ads by Farudhun

ޚަބަރު

"ފިކީ ފްރޭމްސް" ގައި ބައިވެރިވުމުގެ ފުރުސަތު ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް

"ފިކީ ފްރޭމްސް" ގައި ބައިވެރިވުމުގެ ފުރުސަތު ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް

ކުރިން ބޭއްވުނު "ފިކީ ފްރޭމްސް"ގެ ތެރެއިން. ފޮޓޯ: ފިކީ ފްރޭމްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 10:42

20 ޖުލައި 2026، 10:42

އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މުނިފޫހިފިލުވުމުގެ ސިނާއަތުގެ ބޮޑު މައުރަޒު، "26 ވަނަ ފިކީ ފްރޭމްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ވުޒާރާއިން މިކަން ހާމަކުރައްވާ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، 2026  ވަނަ އަހަރުގެ ސެޕްޓެމްބަރު 29 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަން އިންޑިއާ ސަރުކާރުން ހިއްސާކޮށްފައިވާ ކަމަށެވެ. 

މި ފުރުސަތުގެ ދަށުން  ބައިވެރިވުމުގެ ދަޢުވަތު އަރުވާފައިވަނީ ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކަށާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ބްރޯޑްކާސްޓަރުންނަށެވެ. 

މި މައުރަޒުގެ މައިގަނޑު މަގްސަދަކީ، މުނިފޫހިފިލުވުމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ފަންނުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި ހަމައެހެންމެ، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި)، ޑިޖިޓަލް މީޑިއާ، އަދި އޯޓީޓީ ޕްލެޓްފޯމް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން، ސިނަމާ، ޓެލެވިޜަން، އެނިމޭޝަން، ވީއެފްއެކްސް އަދި ގޭމިންގ ފަދަ ދާއިރާތައް ދުނިޔޭގެ ބާޒާރުގައި ފުޅާކުރުމަކީ ވެސް މި މައުރަޒުގެ މުހިންމު ބޭނުމެއް ކަމަށް އިޤްތިޞާދާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



އަދި ވުޒާރާއިން ގަބޫލުކުރައްވާ ގޮތުގައި، މި މަޢުރަޒުގެ ސަބަބުން މި ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގްލޯބަލް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ، ބައިނަލްއަޤްވާމީ މައިދާނުގައި، ދިވެހި އުފެއްދުންތަކަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ވުޒާރާއިން ދެކެއެވެ.

މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ އީމެއިލް   [email protected] އަށް މެއިލްކުރެއްވުމަށް ވުޒާރާއިން އެދެއެވެ. ދި ރަޖިސްޓްރީވުމަށްފަހު އެ މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް [email protected] އަށް އެކަން ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450