Ads by Farudhun

ޚަބަރު

މަނަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަނަދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 10:44

20 ޖުލައި 2026، 10:44

ނ. މަނަދޫގައި ގާއިމުކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދާކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން އެ ކުންފުނިން ބުނީ، މިހާރު އެ ތަނުގައި ކުރިއަށް ދަނީ ގްރައުންޑް ސްލެބް ކޮމްޕެކްޝަން މަސައްކަތްތަކާއި ގްރައުންޑް ސްލެޓް ރީއެންފޯސްމެންޓްގެ މަސައްކަތް ކަމަށެވެ.

މި އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ ރަށްރަށަށް މިދިޔަ އަހަރުގެ ޖުލައި  މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އެކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ކެބިނެޓުގެ އެހެން ވަޒީރުންނާއި، އެ ރަށު ކައުންސިލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



މިއީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތަށް އެމްޓީސީސީއާއި، ހަވާލުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

މަޝްރޫއުގެ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 4,619,266 ރުފިޔާއަށެވެ.

އެމްޓީސީސީން  ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންދާ އިރު، އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު މޭސްތިރިއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450