Ads by Farudhun

ޚަބަރު

ގައްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ސަބް ސްޓްރަކްޗަރަލް މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީ

ގައްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ސަބް ސްޓްރަކްޗަރަލް މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 12:39

20 ޖުލައި 2026، 12:39

ގ.ދ ގައްދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގައި މިހާރު ކުރިއަށް ދަނީ ސަބް ސްޓްރަކްޗަރަލް މަސައްކަތް ކަމަށް، މި މަސައްކަތާ ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސަގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިންވަނީ އެންމެ ފަހުގެ މަސައްކަތްތަކުގެ ފޮޓޯ ވެސް ހިއްސާކުރައްވާފައެވެ. 

މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ކަމަށްވާއިރު، އެ މަސައްކަތް  ރަސްމީކޮށް ފައްޓަވާދެއްވީ އޭރުގެ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.



މި މަޝްރޫޢުގެ ދަށުން 18،613 އަކަޓޫފުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެއެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި މި މަޝްރޫއަށް، 101,709,593.68 މިލިޔަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި އިމާރަތްވެގެންދާނީ،  ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވޭ ޖާގަ ތަނަވަސް  ހޮސްޕިޓަލަކަށް ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450