Ads by Farudhun

ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުއަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2026، 12:39

20 ޖުލައި 2026، 12:39

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ މަސައްކަތު ބައްދަލުވުންތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ބައްދަލުވުމަކީ މިނިސްޓްރީ ފަންނާއި، ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުމެކެވެ. ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ފައްޓަވައިދެއްވީ އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދުއެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަކީ ދިވެހިންގެ މުޖުތަމަޢުން ނެތެމުންދާ ރިވެތި އާދަކާދަތަކާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ސިފަ އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު މަސައްކަތެކެވެ. ރައީސް ވިދާޅުވެފައިވަނީ މިއީ ދިވެހިންގެ އަމިއްލަވަންތަކަން ނުވަތަ އައިޑެންޓިޓީ ހިފެހެއްޓުމަށް ސަރުކާރުން ދެއްވާ ވަރަށް ބޮޑު އިސްކަމެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެއް ކަމަށެވެ.

ޚިޔާލު ހޯދުމުގެ ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންދާނީ މުޅި މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ އަދަބު އިޙްތިރާމާއި މެހެމާންދާރީއަށް ނަން މަޝްހޫރު ބައެއްކަން ތާރީޚީ ލިޔުންތަކުން އެނގެން އޮތް ނަމަވެސް، މި ފަހަކަށް އައިސް އެ ރިވެތި ސިފަތައް މުޖުތަމަޢުން ފަނޑުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު މިފަދަ ރީތި މުހިންމު ސިފަތައް ގެއްލެމުންދާކަން. އެހެންކަމުން މިކަންކަން ދިރުވާ އާލާކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، ޤަދަރު ކުރާ އަދި މިފަދަ ރިވެތި ސިފަތަކުން ޖަރީވެ ޒީނަތްތެރި ވެފައިވާ މުޖުތަމަޢެއްގެ ގޮތުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް،

      ވަޒީރު ހީނާ

މި މަޝްރޫޢުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ރާއްޖޭގެ އެކި ކްލަބް ޖަމުޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކުގެ ފަރާތްތަކުން ބައިވެރިވެ ޚިޔާލު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ ޤައުމިއްޔަތާއި އައިޑެންޓިޓީ އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން، ދިވެހި ބަހާއި ތާރީޚާއި ސަގާފަތަށް އިސްކަންދީގެން ޚާއްޞަ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި، މިކަމުގައި ތަޖުރިބާކާރު އިސްރަށްވެހިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450