Ads by Farudhun

ޚަބަރު

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ޖުލައި 2026، 03:51

20 ޖުލައި 2026، 03:51

ރ. މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، އެ ސަރަހައްދުގައި މިހާރުކުރިއަށްދަނީ، އައު ބަނދަރަށް ބޭނުންވާ ޖާގަ ހެދުމަށްޓަކައި އެ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 14،337 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 29،508 ކިއުބިކް މީޓަރު ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި، 2،038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޓާ ޖެޓީއެއް ހެދުމާއި، 1،495 އަކަމީޓަރުގެ ޕޭވްމެންޓް ހެދުން، އަދި 20 މީޓަރު ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 



އަދި އޭގެ އިތުރުން، ރޭމްޕެއް ހެދުމާއި 15 މީޓަރުގެ ދިގު 2 ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތިއާއި ބަނދަރު ބައްތި ހަރު ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

44.1 މިލިއަސް ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450