Ads by Farudhun

ޚަބަރު

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހުޅުމާލެ ފޭސް ދޭކުން ކަރަންޓް ކެނޑިދާނެ

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހުޅުމާލެ ފޭސް ދޭކުން ކަރަންޓް ކެނޑިދާނެ

ސްޓެލްކޯ ބިލްޑިންގް - ފޮޓޯ: ސްޓެލްކޯ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 ޖުލައި 2026، 06:15

20 ޖުލައި 2026، 06:15

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށް، ވިއުގަ ބެލެހެއްޓުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ އެ ސަރަހައްދުގެ ބައެއް ބައިތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ ބެލެހެއްޓުން ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޓެކްނިކަލް އަޕްގްރޭޑިންގް މަސައްކަތްތަކެކެވެ. މި މަސައްކަތްތައް މާދަމާއިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

ސްޓެލްކޯ އިން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ ކަންކަން ކަމަށްވާތީ، މިކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަކީ އެއްވެސް މެދުކެނޑުމެއް ނެތި، ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުމެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450