Ads by Farudhun

ޚަބަރު

ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފި

ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފި

ގެއްލުންދީފައިވާ ދޮރު / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

20 ޖުލައި 2026، 10:11

20 ޖުލައި 2026، 10:11

ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ގެއްލުންދީފައި ވަނީ ކޮން މިސްކިތަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހިއްސާކޮށްފައިވާ ފޮޓޯއަށް ބަލާއިރު، މިއީ މިސްކިތަށް ވަންނަ މައި ދޮރެއްކަން އެނގެއެވެ.

ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 ޖުލައި 20ވަނަ ދުވަހުގެ ފަތިހު 3:47 ހާއިރުއެވެ. 

މިސްކިތްތަކަކީ މުސްލިމުންގެ މުޤައްދަސް ބިނާތަކަށް ވެފައި، އެފަދަ ތަންތަނަށް ގެއްލުންދިނުމަކީ ދިވެހި މުޖުތަމަޢު ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ. މި އަމަލު ހިންގި މަޤްޞަދެއް އަދި ސާފުވެފައި ނުވި ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450