ވިޔަފާރި / ޚަބަރު

ބީއެމްއެލްގެ ކޯބޭންކިންގ ނިޒާމު 'ފިނަސްޓްރާ އެސެންސް' އާއެކު ޒަމާނީ ކުރަނީ

ބީއެމްއެލްގެ ކޯބޭންކިންގ ނިޒާމު 'ފިނަސްޓްރާ އެސެންސް' އާއެކު ޒަމާނީ ކުރަނީ

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 12:17

21 ޖުލައި 2026، 12:17

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި، ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް'  ޕްލެޓްފޯމް އެ ބޭންކުން އިޚްތިޔާރުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ ހިންގުން އިތުރަށް ހަރުދަނާވެ، އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ޕްލެޓްފޯމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، ފިނަސްޓްރާގެ 'އެސެންސް' ޕްލެޓްފޯމް އިޚްތިޔާރުކުރީ ބޭންކުގެ ހިންގުން ހަރުދަނާކޮށް، އީޖާދީ ޚިދުމަތްތަކާއެކު ކަސްޓަމަރުންނަށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ. މި ނިޒާމު ގާއިމުކުރުމުން ބީއެމްއެލްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި:

  • އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން.
  • އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުން.
  • އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
  • ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.


މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފިނަސްޓްރާ އެސެންސްއާއެކު ފެށި މި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ ސަބަބުން، ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ،

      ޝަރީފް 

ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ބީއެމްއެލްގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ބީއެމްއެލް އިން މި ޕްލެޓްފޯމް އިޚްތިޔާރު ކުރުމުން ހާމަވަނީ ފިނަސްޓްރާގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450