Ads by Farudhun

ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕަވަރ ހައުސްއެއް ގާއިމުކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި  ޕަވަރ ހައުސްއެއް ގާއިމުކުރަނީ

ސްޓެލްކޯގެ މާލޭ ޕަވަރ ހައުސް ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 01:09

21 ޖުލައި 2026، 01:09

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާތީ، އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި 20 މެގަވޮޓުގެ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވީ، 2028 ވަނަ އަހަރަށް އަމާޒުކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި އިންޖީނުގެ ބިނާކުރުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

2028އަށް އަޅުގަނޑުމެންނަށް ޕްލޭންކުރެވިފަ މިއޮތީ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ގާއިމުކުރުމަށް މިހާރު ތައްޔާރުވަމުންދަނީ. 20 މެގެވޮޓުގެ ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް2ގައި ގާއިމުކުރުމުގެ މަސައްކަތް އެބަ ގެންދަން،

      ޑރ. އަޒްވަރު 

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ސަރަހައްދުގެ ކަރަންޓު ވިއުގަ އިތުރަށް ރަނގަޅު ކުރުމަށްޓަކައި މިހާރުވެސް ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ. މި މަހުގެ 21 އިން 31 އަށް ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި މިހާރު ހުރި 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ސްޓެލްކޯއިން ވަނީ ދާދިފަހުން ފަށާފައެވެ. މި ހުރިހާ މަޝްރޫއުތަކެއްގެ މައިގަނޑު ބޭނުމަކީ އިތުރުވަމުން އަންނަ އާބާދީއާ އެކަށޭނެ ފެންވަރަށް، މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450