Ads by Farudhun

ޚަބަރު

މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: އީސީ

އީސީ މެމްބަރު ހަސަން ޒަކަރިއްޔާ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ޖުލައި 2026، 01:52

21 ޖުލައި 2026، 01:52

ދިވެހި ރައްޔިތުްނަށް ނޭނގި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަމުންދާ މައްސަލައަށް މިހާރު ދާއިމީ ހައްލެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ނިޒާމަށް ގެނައި ބޮޑެތި އިސްލާޙުތަކާއެކު، މީހުންނަށް ނޭނގި ޕާޓީއަށް ވެއްދުމުގެ ފުރުޞަތު މިހާރު ބަންދުވެފައިވާ ކަމަށެވެ. މިގޮތުން، މި މައްސަލައަށް ދާއިމީ ހައްލެއް ލިބުނީ "އީފާސް" ނިޒާމުގެ ތެރެއިން ޕާޓީތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، "ސިމެދަ" ޕޯޓަލް ތައާރަފުކުރުމާ ގުޅިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް އީފާސް މެދުވެރިކޮށް ރަޖިސްޓްރީވާން ފެށި ފަހުން، މީހަކަށް ނޭނގި ޕާޓީއަކަށް ވެއްދި ކަމުގެ އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނުވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިނގާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދޭ ޔަގީންކަމަކީ އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށް ނޭނގި ޕާޓީއަކަށް އެ މީހާ ރަޖިސްޓްރީއެއް ނުކުރެވޭނެކަން. އެއް ޕާޓީން އަނެއް ޕާޓީއަކަށްވެސް ނުކުރެވޭނެކަން،"

ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ ކުރިން ޕާޓީތަކަށް ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން ޒަކަރިއްޔާ ވިދާޅުވީ، އޭރު އެކަން ދިމާވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕާޓީތަކުން ހިންގާ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ނެތުމުން ކަމަށެވެ. ނަމަވެސް އީފާސް މެދުވެރިކޮށް މިހާރު ޕާޓީއަށް ވަނުމާއި ވަކިވުމުގެ ހުރިހާ ކަމެއް އަމިއްލައަށް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ޕާޓީތަކުން ވަކިވުމުގައި ކުރިން ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ކުރިން ޕާޓީއަކުން ވަކިވާން ބޭނުންނަމަ އެ ޕާޓީއަކަށް ސިޓީ ހުށަހަޅަން ޖެހުނު ނަމަވެސް، މިހާރު އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ވަގުތުން ޕާޓީން ވަކިވެވޭނެ ކަމަށެވެ. މީގެ ތެރޭގައި ޕާޓީތަކުގެ ޒިންމާދާރު މަގާމުތަކާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، ސިޔާސީ ޕާޓީތަކާއި އާންމު މެންބަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ގ

ގޭމްޖައްސާ

21/07/2026 16:30

އީފާސް އިންޕްލިމެންޓެޑް ޑެކޭޑްސް އަގޯ، މިހާރު އަދި ކިރިޔާ ؟؟؟