Ads by Farudhun

ޚަބަރު

ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އައްޑޫ ސިޓީގައި ބާއްވައިފި

ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް އައްޑޫ ސިޓީގައި ބާއްވައިފި

އެން.ޑީ.އެމް.އޭ އިން އައްޑޫ ސިޓީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އެން.ޑީ.އެމް.އޭ

farudhun logo

ފަރުދުން

21 ޖުލައި 2026، 03:11

21 ޖުލައި 2026، 03:11

ކާރިސާތަކުން ރައްކާތެރިވުމާއި، ހާދިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ކަމާބެހޭ މުއައްސަސާތަކާ އެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ކާރިސާގެ ވަގުތުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެއްކަމަށް އެން.ޑީ.އެމް.އޭ އިން ހާމަކުރެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓްކުރުމަށް އަލަށް ތައާރަފްކުރެވިފައިވާ "ޑިޖިޓަލް DALA" ޕޯޓަލްއަށެވެ. އެގޮތުން މި ޕޯޓަލްއަށް އަހުލުވެރިވުމާއި، އެ ނިޒާމު ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ކާރިސާތަކަށް އިޖާބަދިނުމުގައި މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އަދި އައްޑޫ ސިޓީގެ ކާރިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޕްލޭން، އެން.ޑީ.އެމް.އޭގެ ފަންނީ އެހީތެރިކަމާއެކު މުރާޖައާކުރުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލާއި އެން.ޑީ.އެމް.އޭގެ އިސް ބޭފުޅުންގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ ސަލާމަތީ ހިދުމަތްތައް ކަމަށްވާ އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް އަވަސްވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށް އެން.ޑީ.އެމް.އޭ އިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450