Ads by Farudhun

ޚަބަރު

ރާއްޖޭގައި ތިބެގެން ޔޫކޭ ވިސާ ނެގުމަށް މާލޭގައި ވަގުތީ ސެންޓަރެއް

ރާއްޖޭގައި ތިބެގެން ޔޫކޭ ވިސާ ނެގުމަށް މާލޭގައި ވަގުތީ ސެންޓަރެއް

ރާއްޖޭގައި ތިބެގެން ޔޫކޭ ވިސާ ނެގޭނެ އިންތިޒާމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 06:14

21 ޖުލައި 2026، 06:14

އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވިސާއަށް އެދި ހުށަހެޅުމަށް މާލޭގައި ވަގުތީ ސެންޓަރެއް ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފިއެވެ.

މި ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ،  އޮގަސްޓު މަހުގެ 10 އިން 12 އަށް މާލޭގެ މާގިރި ހޮޓަލުގައެވެ. މިއީ، އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނާއި، އެކި ބޭނުންތަކަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަށާ ޚިދުމަތެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން، އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅައި، އެޕޮއިންޓްމަންޓް ބުކްކުރުމަށް ވީއެފްއެސްއިން އިލްތިމާސްކުރެއެވެ. އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ތާރީޚުތަކުގައި މާގިރި ހޮޓަލަށް ގޮސް ބަޔޮމެޓްރިކްސް ދިނުމާއި ލިޔެކިޔުންތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހި ދަރިވަރުންނަށާއި، އެހެނިހެން ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކޮންމެ އަހަރަކުވެސް "ޓެމްޕަރަރީ ވިސާ ކްލިނިކް"ގެ އިންތިޒާމްތައް ހައްމަޖައްސައެވެ. މި ކްލިނިކް މެދުވެރިކޮށް، ވިސާއަށް ބޭނުންވާ ބަޔޮމެޓްރިކްސް ދިނުމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ރާއްޖޭން ބޭރަށް ދާންނުޖެހި، ސީދާ މާލޭގައި ތިބެގެން ފަސޭހަކަމާއެކު ހުށަހެޅުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

މި އިންތިޒާމަކީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެއްކަންވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450