Ads by Farudhun

ޚަބަރު

ސަރުކާރު ކުންފުނިތަކުގެ އިތުރުގަޑީގެ އުސޫލު އެއްހަމަކުރަނީ

ސަރުކާރު ކުންފުނިތަކުގެ އިތުރުގަޑީގެ އުސޫލު އެއްހަމަކުރަނީ

އެމްޑަބްލިއުއެސްސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖުލައި 2026، 06:40

21 ޖުލައި 2026، 06:40

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ނިޒާމު ހަރުދަނާކޮށް، އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްހަމަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އިތުރުގަޑީގެ ފައިސާ ދޭންވާނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި ކަމަށެވެ. މި ބަދަލަކީ ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްގޮތްކޮށް، ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.

މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި މިންވަރެއް (ކެޕެއް) ކަނޑައަޅާފައިވާ ކުންފުނިތަކުން، މި އައު އުސޫލާއި މިހާރު އަމަލުކުރަމުންދާ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރު ކުރުމަށް ޕީސީބީން ވަނީ އިރުޝާދު ދީފައެވެ. މި ބަދަލުގެ ސަބަބުން މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތް ހަމަހަމައަށް ބެހުމަށް މަގުފަހިވާނެ ކަމަށް އެ އިދާރާއިން ދެކެއެވެ.

ޕީސީބީން ކުންފުނިތަކަށް މުހުލަތު ދީފައިވަނީ މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އިތުރުގަޑީގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށެވެ. އަދި އަލަށް އެކުލަވައިލާ އުސޫލަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހޭނެއެވެ.

ސަރުކާރު ކުންފުނިތަކަކީ ފައިދާގައި ހިންގާ ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މީގެކުރިން ވަނީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް އަންގާފައެވެ. ޕީސީބީން ބުނާ ގޮތުގައި އިތުރުގަޑީގެ ޚަރަދުތައް ކުޑަކުރުމުން ސަލާމަތްކުރެވޭ ފައިސާ، ކުންފުނީގެ މުހިންމު އެހެން މަސައްކަތްތަކަށާއި ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450