ވިޔަފާރި / ޚަބަރު

ވެލާނާ އެއާރޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސް ފިހާރައަށް ޒަމާނީ ބަދަލުތަކެއް

ވެލާނާ އެއާރޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސް ފިހާރައަށް ޒަމާނީ ބަދަލުތަކެއް

ވޭލާނާ އެއާރޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަ---

farudhun logo

ފަރުދުން

21 ޖުލައި 2026، 10:58

21 ޖުލައި 2026، 10:58

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ހުންނަ "އޯތެންޓިކް މޯލްޑިވްސް" ފިހާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފިއެވެ. މިކަމާ ގުޅިގެން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ހިންގާ މި ފިހާރަ މިހާރު ވަނީ ކުރިއަށްވުރެ ޖާގަ ތަނަވަސް، މުސްތަގުބަލަށް އަމާޒުކުރެވިފައިވާ ރީޓެއިލް ސަރަހައްދަކަށް ބަދަލުކޮށްފައި ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގެނެވުނު މި ބަދަލާއެކު، ކުރިން 60 އަކަ މީޓަރުގައި ހުރި މި ފިހާރަ މިހާރު ވަނީ 150 އަކަ މީޓަރަށް ބޮޑުކުރެވިފައި ކަމަށެވެ. 

މިއީ ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކުރުމަށާއި، ރާއްޖޭގެ އުފެއްދުންތެރި ސިނާއަތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.



މި އާ ފިހާރައަކީ ދިވެހި ފަންނުވެރިންގެ ފެންވަރު ރަނގަޅު އުފެއްދުންތައް ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ފެންނާނެހެން ފަރުމާކުރެވިފައިވާ ތަނެކެވެ. އޯތެންޓިކް މޯލްޑިވްސްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ، އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިއެރުން ހޯދައިދިނުމެވެ. 

އޯތެންޓިކް މޯލްޑިވްސްއަށް ގެނެވުނު މި ޒަމާނީ ބަދަލާއެކު، ދިވެހިވަންތަ ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450